ހައިޖެކް ކުރިތާ 12 ގަޑިއިރު ފަހުން ހަންޑަލާ އަޝްދޮދް ބަނދަރަށް ގެންގޮސްފި
ހަންޑަލާ. ފޮޓޯ: އެފްއެފްސީ

ހައިޖެކް ކުރިތާ 12 ގަޑިއިރު ފަހުން ހަންޑަލާ އަޝްދޮދް ބަނދަރަށް ގެންގޮސްފި

ހަންޑަލާއިން ދަތުރުކުރި 21 ވޮލަންޓިއަރުންނާ ބައްދަލުކުރުމުގެ ފުރުޞަތެއް އަދި ނުދޭ

3 hours ago - 16:32
Jul 27, 2025 - 16:34

އިންސާނީ އެހީއާއެކު ޣައްޒާއަށް ދަތުރުކުރަމުންދިޔަ ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ (އެފްއެފްސީ) ބޯޓް 'ހަންޑަލާ' ރޭ ޣައްޒާއާ 40 މޭލު ބޭރުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން އިޒްރާއިލް ސިފައިން ހައިޖެކް ކުރުމަށްފަހު ހިފާފައިވާ ފަލަޞްޠީނުގެ އަޝްދޮދް ބަނދަރަށް މިހާރު ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޒްރާއިލްގެ ޤާނޫނީ ހައްގުތަކާބެހޭ ސެންޓަރު, އަދާލާއިން އޭއެފްޕީއަށް މައުލޫމާތު ދިންގޮތުގައި ބޯޓް އަޝްދޮދްގައި ބަނދަރުކުރާ ކަމުގެ މައުލޫމާތާއެކު ބޯޓުން ދަތުރުކުރި ފަޅުވެރިން ތަމްސީލްކުރުމަށްޓަކައި އަދާލާގެ ޤާނޫނީ ވަކީލުން އެތަނަށް ވަނީ ގޮސްފައެވެ. އަދި ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރާކާއި އަލްޖަޒީރާގެ ދެ ނޫސްވެރިން ހިމެނޭހެން 21 މެމްބަރުންގެ ކްރޫއާ ވާހަކަދެއްކުމަށް ޤާނޫނީ ވަކީލުން އޭރުންފެށިގެންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

"ޤާނޫނާ ހިލާފަށް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ބޯޓަށް އެރުމަށްފަހު, 12 ގަޑިއިރުފަހުން މިހާރު އަޝްދޮދް ގައި ބަނދަރުކޮށްފައިވާކަމަށް އިޒްރާއިލްގެ އޮފިޝަލުން މައުލޫމާތު ދެނީ" އަދާލާއިން ބުނެފައި ވެއެވެ.

ނަމަވެސް ތަކުރާރުކޮށް އެދިގެންވެސް އަދިވެސް ހަންޑަލާއިން ދަތުރުކުރި އެއްވެސް ފަރާތަކާ ޤާނޫނީ ވަކީލުންނާ ވާހަކަދެއްކުމުގެ ފުރުޞަތު އަދި ދީފައި ނުވާކަމަށް އަދާލާއިން ބުނެއެވެ.

Advertisement
Advertisement

"އަދާލާއިން އަދިވެސް ސާފުކޮށް ދަންނަވަން ހަންޑަލާއިން ދަތުރުކުރި ބައިވެރިންނަކީ އާންމުން. ސުލްހަވެރިކަމާއެކު ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މިޝަނެއް އެމީހުން ކުރިއަށް ގެންދިޔައީ. ބޯޓަށް އިޒްރާއިލްއިން އަރައިގަނެފައިވަނީ ބައިނަލް އަޤުވާމީ ކަނޑުގެ ސަރަހައްދުން. އަދި އޭގެން ދަތުރުކުރި އެންމެން ވަގަށްނަގާފައިވަނީ ބައިނަލްއަަޤުވާމީ ޤާނޫނުތަކާ ޚިލާފަށް" އަދާލާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއވެެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow