ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ އައު ޑައިލަސިސް ސެންޓަރެއް ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގައި 30 އެނދުގެ އައު ޑައިލަސިސް ސެންޓަރެއް ހުޅުވައިފި

2 hours ago - 14:32
Jul 27, 2025 - 14:40
Advertisement
Advertisement

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ ގޮތަށް އޮރެންޖް ބިލްޑިންގގައި ގާއިމުކުރި 30 އެނދުގެ އައު ޑައިލަސިސް ސެންޓަރ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލްހަލީމް އަބްދުއްރައްޒާގު ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ޑައިލަސިސްގެ ހިދުމަތް ފެށީ އެންމެ ހަތަރު އެނދާއެކު ކަމަށާއި، ހުޅުމާލޭގެ އާބާދީއަށް އައި ކުރިއެރުމާއެކު ހިދުމަތް ބޭނުންވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް މިހާތަނަށް ގާއިމުކުރެވިފައިވަނީ އެންމެ ދިހަ އެނދު ކަމަށެވެ. ގިނަ ބަޔަކު ހިދުމަތް ނުލިބި ކިއުގައި ތިބެންޖެހޭކަން ފާހަގަކުރައްވަމުން، ހަލީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ އިރުޝާދާއެކު މި އައު ސެންޓަރާއެކު ޑައިލަސިސް ހިދުމަތަށް ކިއުގައި ޖެހެން ތިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

މި އައު ޑައިލަސިސް ސެންޓަރަކީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެއްކަމަށާއި، އަދި މިއަދު ހުޅުވުނު މި ސެންޓަރުގެ ސަބަބުން، ހުޅުމާލެއާއި އަތޮޅުތެރޭގެ ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ޑައިލަސިސްގެ ހިދުމަތް ލިބިގެންދާނެކަމަށް ސީއީއޯ އަބްދުލްހަލީމް ވިދާޅުވިއެވެ.  

މި ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އާއި ދައުލަތުގެ ބައެއް ވަޒީރުންނާއި ސިއްހީ ދާޢިރާގައި މަސައްކަތް ކުރައްވާ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement