
މޯލްޑިވިއަންގެ ފްލައިޓަށް ކުޅުދުއްފުށްޓަށް ނުޖެއްސި އެނބުރި މާލެ އަށް
މިއަދު ހެނދުނު ކުޅުދުއްފުށްޓަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް, މޫސުން ގޯސްވުމުގެ ސަބަބުން އެރަށު އެއަޕޯޓަށް ނުޖެއްސި އެނބުރި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގައި ޖައްސައިފިއެވެ.
ހެނދުނު 8:34 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުން ފުރި ފްލައިޓަށް ކުޅުދުއްފުށްޓަށް ނުޖެއްސުނީ ވައިބާރު ވުމުގެ ސަބަބުންނެވެ. ފްލައިޓް ޖެއްސޭތޯ ކުޅުދުއްފުށި މަތީގައި އުދުހުމަށްފަހު އެނބުރި އައީ 11 ޖަހާކަށްހާއިރު އެވެ.
މޯލްޑިވިއަންގެ ފްލައިޓް Q2442 އަކީ މިއަދު ކުޅުދުއްފުށްޓަށް ދާން އޮތް ހަމައެކަނި ފްލައިޓެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ. އެއީ ހއ އަތޮޅުން ޅ. އަތޮޅަށެވެ. ފާއިތުވި ތިން ދުވަހުވެސް އެސަރަހައްދަށް މޫސުން ގޯހެވެ.
ރިއެކްޝަންސް






