އާ ފޮރިންގ މިނިސްޓަރުގެ ފުރަތަމަ ބައްދަލުކުރެއްވުން އިންޑިޔާ ސަފީރާއެކު
މިނިސްޓަރ ޚަލީލް އިންޑިޔާ ސަފީރާ ބައްދަލުކުރައްވަނީ: ފޮޓޯ-ފޮރިންގ މިނިސްޓްރީ

އާ ފޮރިންގ މިނިސްޓަރުގެ ފުރަތަމަ ބައްދަލުކުރެއްވުން އިންޑިޔާ ސަފީރާއެކު

2 years ago - 16:23
Advertisement
Advertisement

އާ ފޮރިންގ މިނިސްޓަރ ޑރ.އަބްދުالله ޚަލީލްގެ ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުން އިންޑިޔާ ސަފީރު މުނޫ މަހާވަރާއެކު ބާއްވަވައިފި އެވެ.

އިންޑިޔާ ސަފީރު މުނޫ މަހާވަރު މިއަދު ވަނީ ޚާރިޖީ ވަޒީރު ޑރ.ޚަލީލްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ޚަލީލް ފޮރިންގ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އިއްޔެއެވެ. ކުރިން ހުންނެވީ ހެލްތް މިނިސްޓަރު ކަމުގައެވެ.

ފުރަތަމަ ބައްދަލުވުން އިންޑިޔާ ސަފީރާއެކު މިބޭއްވެވީ އިންޑިޔާއާއެކު އޮތް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީވެސް ދެގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރުމާ ގުޅޭ ގޮތުން ކަމަށް ފޮރިންގ މިނިސްޓްރީން ބުންޏެވެ. މިނިސްޓަރ ޚަލީލް ވިދާޅުވީ މިއީ ފޮރިންގ މިނިސްޓަރު ކަމުގައި ސަފީރާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.

މިމަހު ރައީސް ޑރ.މުޙައްމަދު މުއިއްޒު އިންޑިޔާއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖަހިފައެވެ,.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement