ވޯޓަރ ބަންކަރިންގެ ޚިދުމަތް ހޯދަން ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް ބޯޓެއް ބަނދަރު ކުރަނީ
ޚިދުމަތް ހޯދަން ފުރަތަމަ ބަނދަރު ކުރަނީ ޕެނަމާގެ ބޯޓެއް: ފޮޓޯ-އެމްޕީއެލް

ވޯޓަރ ބަންކަރިންގެ ޚިދުމަތް ހޯދަން ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް ބޯޓެއް ބަނދަރު ކުރަނީ

17 days ago - 16:07
Advertisement

ވޯޓަރ ބަންކަރިންގެ ޚިދުމަތް ހޯދަން ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް ބޭރުގެ ބޯޓެއް ބަނދަރު ކުރާނެ ކަމަށް އެޚިދުމަތް ދޭ ކުންފުނި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ. އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހު ބަނދަރު ކުރަނީ ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކުޓުސް ޓޭންކަރ އެއް ކަމަށެވެ.

އެ ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތް ތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތް، ފުރެޝް ވޯޓަރ ބަންކަރިންގ، ކުރޫ ޗޭންޖް, ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން އަދި ސްޕެއަރ ޕާރޓްސް ސަޕުލައި ކޮށް ދިނުން ހިމެނޭ ކަމަށް ވަޖީހު ވިދާޅުވިއެވެ. ރާއްޖެއިން ބޭރުން އަންނަ 6 ކުރޫ އެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި 9 ކުރޫ އެއް ބޯޓުން ބާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. މިވަގުތައް ޖުމުލަ 15 ކުރޫ ބަދަލުކުރިޔަސް, އެ އަދަދު އިތުރު ވެދާނެ ކަމަށް  ވަޖީހު ވިދާޅުވިއެވެ.

ފުރަތަމަ ބޯޓަށް ޚިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނި ތައް ވެސް ބައިވެރި ވާނެކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއްކަހަލަ މެއިންޓެނެންސް މަސައްކަތްތައް ކުރަން ޖެހޭތީ، 5 ވަރަކަށް ދުވަހު އިހަވަން ދިއްޕޮޅުގައި ބޯޓް މަޑު ކުރަން ޖެހިދާނެކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

"މިހެން ދިމާ ވެއްޖެ ނަމަ، އެސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތު ތައް ހުޅުވިގެން ދާނެއެވެ." ވަޖީހު ވިދާޅުވިއެވެ.

Advertisement

ބައިނަލް އަޤުވާމީ މިންގަޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން މެރިޓައިމް ދާއިރާ އިން ޚިދުމަތް ދިނުމަށް މޯލްޑިވުސް ޕޯޓުސް ލިމިޓެޑުން ގާއިމްކުރި “އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ" ގޭޓު ފެސިލިޓީ ގާއިމް ކޮށްފައި ވަނީ އިހަވަން ދިއްޕޮޅުގައެވެ

މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް, ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރެއްވުމަށް ފެށި ޚިދުމަތެކެވެ. ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ބެއިނުންވާ ޚިދުމަތް ތައް ފޯރު ކޮށް ދިނުމަށް އުތުރު މެރިޓައިމް ސާވިސަސް” ގެ ނަމުގައި ޚާއްސަ އިންތިޒާމް ތަކެއްވަނީ ހަމަޖައްސާފައެވެ. މި އިމްތިޒާމު ތަކުގެ ދަށުން، ޚާއްސަ ފެސިލޓީ އެއް ހުޅުވީ މިމަހު 18 ވަނަ ދުވަހު އެވެ.

މިވަގުތު 14 ޚިދުމަތެއް އެފެސިލިޓީން ދެއެވެ. އެ ޚިދުމަތް ތަކާއި ބެހޭ މައުލޫމާތު ރާއްޖެއިން ބޭރުގެ ފަރާތް ތަކުން ހޯދަމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ.

ޚިދުމަތް ތަކާއި ބެހޭ މައުލޫމާތުތައް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި، ums.mv ގެ ނަމުގައި ޚާއްސަ ވެބުސައިޓަކާއި، 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ވަނީ ގާއިމް ކޮށްފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement