މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ފެނުނު

މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 17 ކޭސް ފެނުނު

2 hours ago - 08:07
Advertisement
Advertisement

މިދިޔަ ހަފްތާގައި ހިމަބިހި ޖެހިގެން މާލެ ސަރަހައްދުން 17 ކޭސްއެއް ރިޕޯޓް ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ، 243 ކޭސްއެވެ. އަދި މިހާތަނަށް ހިމަބިހީގެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަކީ، 16،045 ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް ހިމަބިހީގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަޤީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ހިމަބިހީގެ ނުރައްކާ ކުޑަކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ، މުހިއްމު ކަމެކެވެ. އަދި ބަލީގެ ނުރައްކާ ހުންނަ ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަ ކުރުމަކީ، މުހިއްމު ކަމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement