ބިދޭސީންގެ މުސާރަ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުކޮށްފި

ބިދޭސީންގެ މުސާރަ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުކޮށްފި

7 hours ago - 17:07
Advertisement
Advertisement

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ގޮތަށް ގަވާއިދު އިސްލާހުކޮށް، އަމަލުކުރަން ފަށައިފިއެވެ.


މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު"އަށް ތިންވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ދޭ މުސާރަ ދެން ޖަމާކުރަންޖެހޭނީ ބޭންކު އެކައުންޓަކަށެވެ.

މި ބަދަލާއެކު ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ބިދޭސީ މުވައްޒަފުންނަށް މުސާރަ ދެމުންދާކަން ކަށަވަރުކުރުމާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޖުމްލަކޮށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއާއި ރެމިޓޭންސްގެ ގޮތުގައި ބިދޭސީ މުވައްޒަފުން ބޭރުކުރާ ފައިސާގެ ތަފުސީލުތައް އެއްކުރުމަށް ފަސޭހަވާނެއެވެ. 

ސަރުކާރުން އަންނަނީ ބިދޭސީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ ނިޒާމު ފުރިހަމަކުރުމާއެކު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވައިލާ ތަންފީޒުކުރަމުންނެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement