މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

8 hours ago - 19:00
Apr 25, 2025 - 19:09
Advertisement
Advertisement

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ޝައިޚް ޞަލާޙް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ޢިލްމުވެރިންނާއި، ޕްރީ ސްކޫލު ދަރިވަރުންނާއި، ޒުވާން ޙާފިޡުންނާއި ޚަޠީބުންނާ ވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދުކުރެއްވިއެވެ. އަދި އިސްލާމީ މަރުކަޒުގައި މުހިންމު ތަޤުރީރެއް ދެއްވުމުގެ އިތުރުން މިއަދުގެ ހުކުރު ނަމާދު އިމާމުވެވެ ވަޑައިގެން  އިސްލާމީމަރުގައި ކުރައްވާފައި ވަނީ އެމަނިކުފާނެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގަތުމުގެ ކުރިން އަލްވަދާޢު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

Advertisement
Advertisement

މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޙަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement