
މުލަކުއަތޮޅުގެ ރައްޔިތުންނަށް ތާރީޙީދުވަހެއް، މުލަކު އަތޮޅުގެ ފުރަތަމަ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
މިއަދަކީ މުލަކުއަތޮޅުގެ ތައްޔިތުންނަށް ވަރަށް ތާރީޙީ އުފާވެރި ދުވަހެކެވެ. މުލަކު އަތޮޅުގައި ޤާއިމްކުރި ފުރަތަމަ އެއަރޕޯޓުކަމަށްވާ މުލީ އެއަރޕޯޓަށް މިއަދު ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.
2021 ވަނަ އަހަރު މަސައްކަތް ފެށި މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކުރެވިފައިވާ އެއަރޕޯޓެކެވެ. 36 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ހިމެނެއެވެ.
އެމްޓީސީސީން ތަރައްޤީކުރި މި އެއާޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި މޯލްޑިވިއަން އެއަރލައިންސްގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް މިއަދު ވަނީ ޖައްސާފައެވެ. މި ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން ކުރަންޖެހޭ އެސެސްމަންޓްތަކުގެ ބައެއްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުންނަމަ އެމަނިކުފާނު މި އެއާޕޯޓް ހުޅުވައި ދެއްވާނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ.
ރިއެކްޝަންސް






