ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
ބަދަލުތަކާއެކު އައްޔަންކުރެއްވި ވަޒީރުން ހުވާކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

4 days ago - 10:57
Oct 14, 2024 - 10:57
Advertisement

ވަޒީރުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކާއެކު, ރުހުން ހޯދަން ފޮނުއްވި މައްސަލަ ދިރާސާ ކުރަން މަޖިލިހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދު އާދައުރަށް ފެށި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާއަށް ވަޒީރުންނަށް ރުހުން ހޯއްދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލިހަށް ގެންނެވި ބަދަލަކީ ފޮރިންގ މިނިސްޓަރުގެ މަގާމްގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާއެކު, ހެލްތް މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި ޑރ.އަބްދުالله ހަލީލް ފޮރިންގ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރު ފެންވަރުގައި ހުންނެވި އަބްދުالله ނާޒިމް އިބްރާހީމް ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިއެވެ. މިބަދަލުތައް ގެންނެވި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޑރ.ޝަފީޤު އިސްތިއުފާ ދެއްވުމުންނެވެ. މިބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ނަންތައް ދިރާސާކުރެއްވުމަސް ފޮނުއްވީ ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. ރައްޔިތުންގެ މަޖިލިހުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީއެވެ. އެހެންކަމުން ފަސޭހައިން ރުހުން ލިބޭނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement