ވިޔަފާރިވެރިންނާ ޚިދުމަތްދޭ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި
ނައިބުރައީސް ޓްރޭޑިންގ އިފްތިތާހުކޮށްދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ވިޔަފާރިވެރިންނާ ޚިދުމަތްދޭ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

13 days ago - 15:40
Advertisement

ވިޔަފާރިވެރިންނާ ޚިދުމަތްދޭ ފަރާތްތައް ގުޅުވައިދޭ ޕްލެޓްފޯމެއް އިފްތިތާހުކޮށްފިއެވެ. 

 "ޓްރޭޑިއަން" ގެ ނަމުގައި މިޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. މިފްލެޓްފޯމް އިފްތިތާހުކުރީ  ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރަސްމީކޮށް އިފުތިތާޙްކުރުމަށް މިއަދު ޖެން މޯލްޑިވްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެއެވެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި ޕްލެޓްފޯމު މިއަދު އިފްތިތާހުކުރިޔަސް ރަސްމީކޮށް ބޭނުން ކުރަންފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އަދި ކަމާގުޅުންހުރި އެހެން އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement