
މަގޫދޫގައި ތަރައްޤީކުރާ އެއަޕޯޓަށް ގެއްލުންދީ، ރޯކޮށްލަން މަސައްކަތްކޮށްފި
ފ.މަގޫދޫގައި ތަރައްޤީކުރާ އެއަޕޯޓަށް ގެއްލުންދީ، ރޯކޮށްލަން މަސައްކަތްކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެކަމުގެ ރިޕޯރޓް ލިބުނީ ރޭ 7:47 ހާއިރު ކަމަށެވެ.
ގެއްލުންދީފައިވަނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތަކަށެވެ. ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އަލިފާން ރޯކޮށްލަންވެސް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުންނެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
މަގޫދޫ އެއަޕޯޓަކީ މިދިޔަ ސަރުކާރުން ތަރައްޤީކުރަން ފެށި އެއަޕޯޓެކެވެ. ސަރުކާރު ބަދަލުވިފަހުން އެއަޕޯރޓްގެ މަސައްކަތް ނުކުރާތީ އެރަށު ރައްޔިތުންގެ ކަންބޮޑުވުން ބޮޑެވެ. މިސަރުކާރުން އިސްކަންދެނީ ޖެހިގެން އޮތް ނިލަންދޫގައި އެއަރޕޯރޓް އެޅުމަށެވެ.
ރިއެކްޝަންސް






