ތިނަދޫ ސިޓީގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ގދ. ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓު އެ ހިދުމަތަށް ލިބިފައިވަނީ މިއަދު ފަތިހު 4:11 ހާއިރު ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ މީހާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ. އަދި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ހިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





