ގައްދޫން ގެއްލުނު ޒަކަރިއްޔާ އަދިވެސް ނުފެނޭ
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ: ފޮޓޯ-އެމްއެންޑީއެފް

ގައްދޫން ގެއްލުނު ޒަކަރިއްޔާ އަދިވެސް ނުފެނޭ

9 months ago - 21:47
Jul 11, 2025 - 21:47
Advertisement
Advertisement

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ކޯސްޓްގާޑުން ބަލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި، ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި މި އޮޕަރޭޝަންގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ.

ޒަކަރިއްޔާ މުޙައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ  ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ. ޒަކަރިއްޔާ އަކީ ގދ.ގަމުގައި ދަނޑުވެރިކަން ކުރާ މީހެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement