އިޒްރާއިލްގެ ބުލްޑޯޒަރުތަކުން ދެކުނު ޣައްޒާގެ ގަބުރުސްތާނެއްކޮނެ ހަށިތައް ގެންގޮސްފި
ހާން ޔޫނިސްގެ ގަބުރުސްތާނެއް ކޮނެފައިވާ މަންޒަރު. ފޮޓޯ: އައި އޮން ޕަލަޞްޓައިން

އިޒްރާއިލްގެ ބުލްޑޯޒަރުތަކުން ދެކުނު ޣައްޒާގެ ގަބުރުސްތާނެއްކޮނެ ހަށިތައް ގެންގޮސްފި

11 hours ago - 22:11
Jul 11, 2025 - 22:14

އިޒްރާއިލްގެ ޔަހޫދީ ސިފައިންގެ ފައުޖުތަކުން ޓޭންކަރުތަކާއި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ދެކުނު ޣައްޒާގެ ގަބުރުސްތާނެއް ކޮނެ އެތާނގައި ވަޅުލާފައިވާ ހަށިތައް ގެންގޮސްފައިވާކަމަށް ޣައްޒާގެ އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއަރޒް މިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީ ސިފައިން އެ ނުބައި އަމަލު ހިންގާފައިވަނީ  ދެކުނު ޣައްޒާގެ ޙާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީ ސަރަަހައްދުގައި ހުންނަ ޓާކިޝް ގަބުރުސްތާނެއްގައި ކަމުގައެވެ.  

އަލް-މަވާސީއަަކީ ވިއްސި ވިހާލި ވެފައިވާ އެތައްހާސް ފަލަޞްޠީނުގެ ރައްުޔިތުން މިހާރުވެސް 'ހިމާޔަތް ހޯދައިގެން' ދިރިއުޅެމުންދާ ސަރަހައްދެކެވެ. އަދި އިޒްރާއިލްގެ ވަރުގަދަ ހަމަލާތައް އަވަސް އަވަހަށް އަމާޒުވާ ބައިބޯ ސަރަހައްދެއްވެސް މެއެވެ. 

ބުރާސްފަތި ދުވަހު މި ހިންގި ޖަރީމާ ކުށްވެރިކޮށް މިނިސްޓްރީންވަނީ މަރުވެފައިވާ ހަށިތަކެއް އެއްވެސް އިޙްތިރާމެއް ނެތި ބުލްޑޯޒަރުތަކުން ކޮނެ ނަގައިގެން ގެންދިއުމަކީ މައްޔިތާގެ ކަރާމަތަށް އަރައިގަތުންކަމަށް ބުނެފައެވެ. 

Advertisement
Advertisement

ބެލެވޭގޮތުގައި ޔަހޫދީ ސިފައިން ގަބުރުސްތާން ކޮނެފައި މިވަނީ އެސަރަހައްދުގައި ދިރިއުޅޭ  ވިއްސިވިހާލިވެފައިވާ ފަލަޞްޠީނުގެ ރައްޔިތުން ދރިއުޅޭ ކޭމްޕްތައް ހަލާކު ކުރުމުގެ ތެރޭގައެވެ. އަދި އެސަރަހައްދުގައި ހުރި 60 ހެއްހާ މަހާނަ އެއްކޮށް އަދި ބައެއް މަހާނަތަކުން ބައެއް ވަނީ ހަލާކުކޮށްލާފައި ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow