ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 202 މީހަކު އިޒްރާއިލްއިން ޤަތުލްކޮށްފި
ޝަހީދުވެފައިވާ އާއިލާގެ މީހެއްގެ ހަށިގަނޑުގައި އޮޅުލައިގެން އާއިލާއިން ހިތާމަ ކުރަނީ. ފޮޓޯ: އަލީ ޖާދުالله

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 202 މީހަކު އިޒްރާއިލްއިން ޤަތުލްކޮށްފި

މިއަދު ހެނދުނު އެކަނިވެސް 26 މީހަކު ވަނީ ޝހީދުކޮށްލާފައި

5 hours ago - 12:33
Jun 22, 2025 - 12:42

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލްއާންމުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 202 މީހަކު ޤަތުލްކޮށްފައިވާކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. މިއަދު ހެނދުނުން ފެށިގެންވެސް 26 މީހަކު އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވެފައި ވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި 202 މަރުގެ އިތުރުން 1,037 މީހަކު ޒަހަމްވެފައިވާކަމުގައެވެ.

އިންސާނީ އެހީއަށް ޣައްޒާ ބަންދުކޮށްފައި އޮތްއޮތުން ފަސްވަނަ މަހަށް ދެމިގެންދާ ޣައްޒާގެ ރައްޔިތުންތިބީ ހައިހޫނު ކަމުގެ އިންތިހާގައެވެ. އެހީގެ ބެހުމުގެ ނަމުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި އެމެރިކާއާއި އިޒްރާއިލް ހިންގާ 'މަރުގެ ދަންތުރަ' ތައް ކައިރިއަށް އެއްވާ ފަަލަޞްޠީނުގެ ރައްޔިތުންނަށް ހަމަލާ ދީ ޤަތުލްކުރުމަކީ އިޒްރާއިލްއިން ޣައްޒާގެ ނަޞްލު ނައްތާލުމަށް ބޭނުންކުރަމުން އަންނަ އައު އުކުޅެކެވެ. 

އިއްޔެ އާއި މިއަދުވެސް 'އެހީ ބަހާ' ސަރަހައްދުތަކަށް އެއްވެފައިތިބޭ މީހުންނަށް އަމާޒުކޮށް ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު ޣައްޒާ އިންސާނީ އެހީއަށް ބަދުކޮށްފައި އޮތް އޮތުން އަދިވެސް އޮތީ އެގޮތުގައެވެ. މަދު އަދަދެއްގެ އެހީގެ ސާމާނު ބަހަނީ އިޒްރާއިލްގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުންނެވެ.

Advertisement
Advertisement

އެހީ ލިބިގަތުމަށް މީހުން އެއްވާ ޕޮއިންޓްތަކަށް ދޭ ހަމަލާތަކުގައި ފާއިތުވި ދެ ހަފްތާ ތެރޭގައި ގިނަ އަދަދެއްގެ ފަލަޞްޠީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު, އދ ން ވަނީ އިޒްރާއިލްއާއި އެމެރިކާއިން އެހީ ހަތިޔާރަކަށް ހަދާ ހެދުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން މަވާސީ ރެފިއުޖީ ކޭމްޕަށް ދިން ޑްރޯން ހަމަލާއެެއްގައި އެތަނުން ތިން މީހަކު ޝަހީދުވެ, އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް ވަފާ ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިިވެއެވެ.

 ވިއްސި ވިހާލިވެފައިވާ ފަލަޞްޠީނުގެ އެތައްބަކު ދިރިއުޅޭ އަލް-މަވާސީ އަކީކުރިން 'ރައްކާތެރި ސަރަހައްދެއް' ކަމަށް އިޒްރާއިލްއިން ކަނޑައަޅާފައިވާ ތަަނެކެވެ. ނަމަވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިޒްރާއިލްއިން އަލަ-މަވާސީ އަށް ވައިގެ ހަމަލާ ދިން މިއީ ފަސްވަނަ ފަހަރެވެެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow