އެމެރިކާއިން އީރާނަށް ދިން ހަމަލާއަށްފަހު އީރާނުގެ ރައްދު މިސައިލް ހަމަލާތަކެއް އިޒްރާއިލްއަށް
އީރާންގެ ހަމަލާއެއް އަމާޒުވެފައިވާ އިޒްރާއިލްގެ ސަރަހައްދެއް. ފޮޓޯ: ރޮއިޓާސް

އެމެރިކާއިން އީރާނަށް ދިން ހަމަލާއަށްފަހު އީރާނުގެ ރައްދު މިސައިލް ހަމަލާތަކެއް އިޒްރާއިލްއަށް

މުޅި އިޒްރާއިލްގައި ސައިރަންގެ އަޑު, 20 މީހަކު ވަނީ ޒަހަމްވެފައި

7 hours ago - 13:04
Jun 22, 2025 - 13:10

އިޒްރާއިލްއިން އީރާނާ ދެކޮޅަށްފެށި ހަނގުރާމަ އާ ރޭ އެމެރިކާއިން ރަސްމީކޮށް ގުޅި, އީރާންގެ ތިން ސަހަރައްދަކަށް ބޮން އަޅާފައި ވަނިކޮށް އީރާންގެ ފުރަތަމަ ރައްދު ހަމަލާތަކާއެކު މިސައިލް ގޯންޏެއް އިޒްރާއިލްއަށް އޮއްސާލައިފިއެވެ. 

ވެރިރަށް ތެލް އަވީވް އާއި ގުދުސްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވުމާއެކު ވަރުގަދަ ގޮވުންތެކެއްގެ އަޑު އިވިފައިވާކަމަށް އަލް-ޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ. މިސައިލްތައް ފޮނުވާލުމުގެ ކުރިން އިޒްރާއިލްގެ އެއަރ ޑިފެންސް ސިސްޓަމް އެކްޓިވޭޓް ކޮށްފައިވާ ކަމަށް އިޒްރާއިލް އިންވަނީ ބުނެފައެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ ހަމަލާތަކެއް ވަނީ އިޒްރާިއލްގެ ވައިގެ ދިފާއު ފޫއަޅުވާލާފައެވެ.

ހަމަލާތަކާއެކު މުޅި އިޒްރާިއލްގައި ސައިރަންގެ އަޑުފަށްގަނޑު ގަދަވެފައިވާއިރު, މީހުން ސަލާމަތްކުރާ ފަރާތްތަކާއި ސިއްހީ އެހީތެރިންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއަދު ހެނދުނު ދިން ހަމަލާތަކުގައި 20 މީހަކު ވަނީ ޒަހަމްވެފައެވެެ.

ހައިފާ އާއި ތެލް އަވީވްގެ އިތުރުން ދެކުނު ބީރްޝެބާ އަކީ އީރާންގެ ހަމަލާތަކުގެ މައިގަނޑު އަމާޒެވެ.

Advertisement
Advertisement

ހަމަލާތަކުގައި އިޒްރާއިލްއަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތާއި ފޮޓޯ, އަދި ވީޑިއޯ އާންމުކުރުމުގައި ހަރުކަށި މިންގަޑުތަކެއް އިޒްރާއިލްގެ އަސްކަރިއްޔާއިން ކަނޑައަޅާ ވަނީ މީޑިއާތަަކަށް އަންގާފައެވެ. އެހެންކަމުން އިޒްރާއިލްއަށް ލިބެމުންދާ ގެއްލުންތަކުގެ ތަފްޞީލީ މައުލޫމާތު ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެެ.

ނަމަވެސް ހަމަލާތަކުގައި އިޒްރާއިލް އަށް ގިނަ ގެއްލުންތަކެއް ލިބި ޖޫން 13 ގައި ހަމަލާތައް ފެށިފަހުން 25 މީހަކު މިހާތަނަށް މަރުވެފައިވާކަމަށް ވަނީ ރަސްމީކޮށް ރިކޯޑް ކުރެވިފައެވެ. 

ރޭ އެމެރިކާއިން އީރާންގެ އިސްފަހާން, ފޯޑޯ އަދި ނަޓަންޒް ގެ ނިއުކްލިއަރ ފެލްޓްރީތަކަށް އަމާޒުކޮށްކަމަށް ބުނެ ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ އޭގެ ސަބަބުން ދިގުދެމިގެންދާ ޖަވާބުތަކެއް ލިބެމުންދާނެކަމުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow