ހޯޕް އައިލެންޑް ނިންމުން 2027 ގެ ނިޔަލަށް!
ވަޒީރު އިހުސާން ވިދާޅުވީ ހޯޕް އައިލެންޑް ނިމޭނީ 2027 ގެ ނިޔަލަށް ކަމަށް

ހޯޕް އައިލެންޑް ނިންމުން 2027 ގެ ނިޔަލަށް!

6 hours ago - 16:01
Jun 22, 2025 - 16:01
Advertisement
Advertisement

ކުށުގެ ވެށީގައި އުޅޭ ކުދިން ރިހިބިލިޓޭޓް ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާ ރަށް, ހޯޕް އައިލެންޑް 2027 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމަން ސަރުކާރުން އަމާޒު ހިފައިފިއެވެ. ހޯމް މިނިސްޓަރ އަލީ އިހުސާން ދައުލަތުގެ މީޑިޔާގައި ވިދާޅުވީ ހޯޕް އައިލެންޑުގެ މަސައްކަތް ނިމި 2017 ވަނަ އަހަރުގެ ނިޔަލަށް ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. 

މިނިސްޓަރ އިހުސާން ވިދާޅުވީ ހޯޕް އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. މިހާތަނަށް އެ ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް މި މަހުގެ 25 ވަނަ ދުވަހު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެ އިވެލުއޭޓް ކުރުމަށް ފަހު އަޅުގަނޑުމެން މަސައްކަތް ބަޔަކާ ހަވާލުކުރާނަން. ޓާގެޓަކީ 2027ވަނަ އަހަރު ނިމެންވާއިރަށް މި ރަށް ގާއިމްކޮށް ކުޑަކުދިންނަށް ލިބެންޖެހޭ ޚާއްސަ ފަރުވާ ފެށުން." ވަޒީރު އިހުސާން ވިދާޅުވިއެވެ.

Advertisement
Advertisement

 ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ފެސިލިޓީއެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. އެތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން އުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement