މާމަޑުއްވަރި އެއަތޮޅު ހިތަދޫއާ ހަވާލުކުރަން ރައީސް ނިންމަވައިފި
ހިތާދޫއާ ހަވާލުކުރަން ނިންމި މާމަޑުއްވަރި: ފޮޓޯ-އާޒިމް ޚާލިދު

މާމަޑުއްވަރި އެއަތޮޅު ހިތަދޫއާ ހަވާލުކުރަން ރައީސް ނިންމަވައިފި

އޭ.ޓީ.އެމް ޚިދުމަތް ހިތާދޫގައި މިއަދު ވަނީ ފަށާފައި

3 hours ago - 12:55
Aug 13, 2025 - 13:23
Advertisement
Advertisement

ބ. ''މާމަޑުއްވަރީ'' ހިތާދޫއާ ޙަވާލުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. އެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، ''މާމަޑުއްވަރީ'' އަކީ ތާރިޚަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިޤްތިޞާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެރަށަކީ މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ޙަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ އެގްރިމަންޓާއި އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަމަށެވެ. އެހެންކަމުން ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

"ރަށުގެ ރައްޔިތުން ކުރީގަ ވަރަށް ބޭނުންތެރި ގޮތެއްގައި ބޭނުންކުރަމުން އައި ރަށެއް. ފަނުގެ ކަންކަމާއި އަދި ދަތުރު ދިއުމާއި އިގްތިޞާދީ މަސައްކަތް ކުރުމާއި, ހުރިހާ ކަމަކަށް ފައިދާވާ ގޮތަކަށް. ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމަކީ މިސަރުކާރުގެ ސިޔާސަތަކީ. މިދެންނެވި އެގްރިމަންޓް ގާނޫނާ ގަވާއިދުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން ނިމުމަކަށް ގެނެސް އެރަށް (މާމަޑުއްވަރި) މިރަށާ (ހިތާދޫ)އާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ހިތާދޫގައި މިއަދުވަނީ، ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި ދެ މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ސްކޫލް ހޯލް ނިމިގެންދާއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ހިތާދޫގައި ހަތަރު ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސިއްޙަތާއި ހަށިހެޔޮކަމާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފުލް ސައިޒް ފުޓުބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓު އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ޤާއިމުކުރުމާއި، އައުޓްޑޯ ޖިމްގެ މަސައްކަތްތައްވެސް މި އަހަރު ފައްޓަވާނޭ ކަމަށެވެ.

މިއަދު ހިތާދޫގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement