ޙައްޖާއި ޢުމްރާގެ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ އެޕެއް ތަޢާރްފްކޮށްފި
ހައްޖާއި ޢުމްރާގެ އަޅުކަން ފަސޭހަކޮށްދޭ އެޕް: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ޙައްޖާއި ޢުމްރާގެ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ އެޕެއް ތަޢާރްފްކޮށްފި

5 hours ago - 16:44
Jun 22, 2025 - 16:45
Advertisement
Advertisement

ޙައްޖާއި ޢުމްރާގެ މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ އެޕެއް ތަޢާރްފްކޮށްފިއެވެ. ޙާޖީ އެމްވީގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ތަޢާރަފްކުރި މި އެޕްލޮކޭޝަންއަކީ ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ތަޢާރަފްކުރި އެޕެކެވެ.

ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ މިއެޕްގައި ހިމެނެއެވެ. މީގެއިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް މިއެޕްގައި ހިމެނެއެވެ.

"މިއީ އެޕްގެ ފުރަތަމަ ވާރޝަންއެވެ. މި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެއެވެ. އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތުކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭނެކަން މިނިސްޓްރީން ފާހަގަކުރެެއްވިއެވެ.  

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement