އައްޑޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

އައްޑޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

1 month ago - 09:22
Advertisement
Advertisement

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.


ފުލުހުން ބުނީ، މާރިޗު މަހުގެ 13 ވީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ކަމަށެވެ. އޭނާއަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ރައްޔިތެކެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެނިއަލް ޑީ ޖިއޮވީންއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.


އައްޑޫ ސިޓީގެ ފަތާ ޓްރެކް ސަރަހައްދަކީ އާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement