ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ވޭޕް ދޫނިދޫގައި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ވޭޕް ދޫނިދޫގައި ނައްތާލައިފި

2 hours ago - 18:41
Advertisement
Advertisement

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ވޭޕާއި، އެއާ ގުޅުންހުރި ސާމާނުތަކެއް މިއަދު ނައްތާލައިފިއެވެ.


މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ތަހުގީގީ މަރުކަޒު ހުންނަ ކ. ދޫނިދޫގައެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ނައްތާލާފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 16 ވަނަ ދުވަހު މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެއްޗެވެ.


މި އޮޕަރޭޝަނަކީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި، ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 138 ނެނޯ ކާޓްރިޖާއި، ޑިސްޕޯސަބަލް ވޭޕްގެ އިތުރުން ވޭޕާ ގުޅުންހުރި އެހެނިހެން ސާމާނުތައް ހިމެނެއެވެ.


މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. މި ފަދަ ތަކެތި މުޖުތަމައުން ނައްތާލުމަކީ އާންމު ސިއްހަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުންނާއި މުއައްސަސާތަކުން ދޭ އިސްކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement