
ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި 3 މީހުން ހައްޔަރުކުރި
ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި 3 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ދަންވަރު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ގުޅިގެން ހިންގި އޮޕަރޭޝަނަކީ ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްޞަ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ދަންވަރު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ތިން މީހުން ހައްޔަރުކޮށް, ފުލުހުން ވަނީ އެމީހުންނާ ގުޅުންހުރި ތަންތަންވެސް ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނީ އޮޕަރޭޝަން ކުރިއަށްދާ ވަރަކުން އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރާނެ ކަމަށެވެ.
އޮޕަރޭޝަން ނިންމާލިކަމަށް ފުލުހުންވެސް ސިފައިންވެސް އަދި ނުބުނެއެވެ.
ރިއެކްޝަންސް






