ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުއޮޅި އަޑިން ފެނިއްޖެ
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑުއޮޅި އަޑިން ފެނިއްޖެ

1 year ago - 11:10
Jul 12, 2025 - 11:10
Advertisement
Advertisement

ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނީ  ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނުނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ކަމަށެވެ.

"ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ޑިންގީ ވަނީ ފެނިފަ." އެމްއެންޑީއެފްއިން ބުންޏެވެ.

މި ޑައިވް ކޮށްފައިވަނީ ސިފައިންނާއި  ފުލުހުން ގުޅިގެންނެވެ. ޒަކަރިއްޔާ ގެއްލުނީ މިދިޔަ ބުރާސްފަތު ދުވަހު ގައްދޫން އެއަތޮޅު ގަމަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެދުވަހު 11:15 ހާއިރު ގަމުން ޒަކަރިއްޔާ ފުރިކަން ޔަގީންވި ނަމަވެސް އޭގެފަހުން ޚަބަރެއް ނުވެއެވެ. ސިފައިންނާއި ފުލުހުން އަދި ގައްދޫ އާއި ކައިރި ރަށްތަކުގެ ރައްޔިތުންވެސް ދަނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

79 އަހަރުގެ ޒަކަރިއްޔާއަކީ ގަމުގައި ދަނޑުވެރިކަން ކުރާ މީހެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement