ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ކާނަލް އާދަމް އިބްރާހީމް މަނިކު ނިޔާވެއްޖެ

ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ކާނަލް އާދަމް އިބްރާހީމް މަނިކު ނިޔާވެއްޖެ

16 hours ago - 15:55
Advertisement
Advertisement
ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު، ނޮވެންބަރު 27ވަަނަ ދުވަހު ނިޔާވެއްޖެއެވެ.
 
1968ވަނަ އަހަރުގެ މޭ މަހުގެ 12ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ސ.ނ 198) ވަނީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި އަސްކަރިއްޔާއަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާފައެވެ. ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1ވަނަ ދުވަހުއެވެ.
 
ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު، ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 8 ކުލައެއް ލިބިވަޑައިގެންފައިވެއެވެ.
 
އެގޮތުން ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު ލިބިވަޑައިގެންނެވި މެޑެލިތަކަކީ، އަޚްލާޤީ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އިޚްލާސްތެރި ޚިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، އަދި ތިނެއް ނޮވެންބަރުގެ މެޑެއްޔެވެ. މީގެއިތުރުން ލިބިވަޑައިގެންނެވި ކުލައިގެ ތެރޭގައި ހިމެނެނީ، އަޚުލާޤީ ކުލަ 1ވަނަ ފަހަރަށާއި 2 ވަނަ ފަހަރަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، އިޚްލާސްތެރި ޚިދުމަތުގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަދި ސިފައިންގެ ޚިދުމަތުގެ ކުލައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement