ދައުލަތުގެ މާލިއްޔަތާއި އިގްތިސާދު ނުބައި ހިސާބަކަށް ދިޔައީ މެނޭޖް ނުކުރެވިގެން - ފައްޔާޒު
ފައްޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ފޮޓޯ-އެމްޑީޕީ

ދައުލަތުގެ މާލިއްޔަތާއި އިގްތިސާދު ނުބައި ހިސާބަކަށް ދިޔައީ މެނޭޖް ނުކުރެވިގެން - ފައްޔާޒު

މާލީ ބަގާވާތެއްގެ ވާހަކަ ދައްކަން ލަދުގަންނަ ކަމަށް ވިދާޅުވި

20 days ago - 16:44
Advertisement

ދައުލަތުގެ މާލިއްޔަތާއި އިގްތިސާދު ނުބައި ހިސާބަކަށް ދިޔައީ މެނޭޖް ނުކުރެވިގެން ކަމަށް އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުކާ ގުޅިގެން އެމްޑީޕީއަށް އަމާޒުވާ ގޮތަށް ފުލުހުން ތަހުގީގެއް ފަށާފައި ވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ދައުލަތުގެ އިގްތިސާދީ ހާލަތު މިހިސާބަށް ދިޔައީ މެނޭޖް ނުކުރެވުމުގެ އިތުރުން, ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދަމުން ދިއުމުގެ ސަބަބުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ ކަންކަން ރަނގަޅު ކުރެއްވުމަށްވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ އިތުރު ދޮގު ހެއްދެވުން ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުއަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

" ހަގީގަތުގައި މިވާއެއް ނުވާއެއް, ތަނެއް ދޮރެއް ދޮރާއްޓެއް, އެމަނިކުފާނަކަށް އެނގިވަޑައިނުގަންނަވާކަން އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ." ފައްޔާޒު ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައަށް އިޝާރާތްކުރައްވާ ފައްޔާޒު ވިދާޅުވީ އިއްޔެއަކީ ރާއްޖެގެ ދިގު ތާރީޚުގައިވެސް ލަދުވެތި ދުވަހެއް ކަމަށެވެ. ދިވެހިރާއްޖޭގެ ވެރިއަކު, ދިވެހި ސަރުކާރަކުން ނިކުމެ, މާލީ ބަޣާވާތެއް ގެންނަން އުޅެނީ ކަމަށް ބުނެ ދެއްކި ވާހަކައަކީ ދައްކަން ލަދުވެސް ގަންނަ ވާހަކައެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މައްސަލަ ތަހުގީގު ކުރަމުންދާކަން ހާމަކުރަން ފުލުހުން ނެރުނު ބަޔާނަކީ ނުފޫޒު ފޯރުވައިގެން ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެން ނެރުނު ބަޔާނެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމަކީ އިދިކޮޅު ފަރާތްތަކުން އަޑީގައި އޮވެ ސަރުކާރު ވައްޓާލަން ރާވައިގެން ކުރި ބަގާވާތެއް ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ތަހުގީގު ކުރަން ފަށައިފި ކަމަށެވެ. ބޭންކުން ނިންމި ނިންމުމަކީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެކެވެ. އެކަމަކު އެމްއެމްއޭގެ މަޝްވަރާގެ މަތީންކަމަށް ބުނެ އެދުވަހުގެ ހަވީރު ނިންމުން ބަދަލުކުރިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ބޭންކްގެ ނިންމުމަކީ މާކުރިންސުރެ ރޭވިގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށެވެ. ރައީސް ވިދާޅުވީ ބީއެމްއެލް ބޯޑުން އެނިންމުން ނިންމާ އިއުލާނުކުރީ އެގޮތަށް އަމަލުނުކުރަން އިރުޝާދު ދެއްވަމުން ގެންދަވަނިކޮށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ކޮންމެ ކަމެއްގައި ދޮގު ހަދާ އޮޅުވާލައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެދޮގުތަކަށް އެމަނިކުފާނާއި ސަރުކާރުން ޖަވާބުދެއްވަނީ ތެދު ހަދައިގެން ކަމަށް ވިދާޅުވިއެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement