މާލެ ސިޓީ ކައުންސިލުން އޮޑިވެރިންގެ ކޮމިޓީއެއް އުފައްދައިފި
އޮޑިވެރިންގެ ކޮމިޓީއާ މޭޔަރު ބައްދަލުކުރައްވަނީ: ފޮޓޯ-މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން އޮޑިވެރިންގެ ކޮމިޓީއެއް އުފައްދައިފި

1 year ago - 05:13
Nov 22, 2024 - 05:13
Advertisement
Advertisement

މާލެ ސިޓީ ކައުންސިލުން އޮޑިވެރިންގެ ކޮމިޓީއެއް އުފައްދައިފި އެވެ. މިއީ ރާއްޖޭގެ އަތޮޅު ތަކުން މާލެ ދަތުރުކުރާ އޮޑިވެރިންގެ ތެރެއިން އުފެއްދި ކޮމިޓީއެކެވެ.

މިފަދަ ކޮމިޓީއެއް އުފެއްދީ މާލެ ދަތުރުކުރާ އޮޑިދޯނިފަހަރުގެ ރައްޔިތުންނަށް މާލެ ފަޅުތެރޭގައި ދިމާވާ ދަތުތައް ހައްލުކުރުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި އޮޑިވެރިންނާ ގުޅިގެން ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. ކޮމިޓީ އުފައްދަވާ ކޮމިޓީއާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ބައްދަލުކުރައްވާފައެވެ. ސިޓީ ކައުންސިލުން ބުނީ ވީހާވެސް އަވަހަށް ދަތިތައް ހައްލުކުރުމަށް އުއްމީދުކުރާ ކަމަށެވެ.

މާލެ ފަޅު ތެރޭގައި އޮޑިދޯނިފަހަރު ކައިރި ނުކުރެވި ގިނަ ދުވަސްވުން ފަދަ ކަންބޮޑުވުންތަކާއި ދަތިތައް އޮޑިވެރިން ފާޅުކުރެއެވެ. މިއީ އޮޑިވެރިންގެ ތެރެއިން މިފަދަ ކޮމިޓީއެއް ނަގައިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement