500 މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭނެ ބޮޑު ސެންޓަރެއް ހެދުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

500 މީހުންނަށް އެއްފަހަރާ ފަރުވާ ދެވޭނެ ބޮޑު ސެންޓަރެއް ހެދުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

3 hours ago - 17:00
Advertisement
Advertisement

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، އެއް ފަހަރާ 500 މީހުންނަށް ޚިދުމަތް ދެވޭ ފަދަ ބިޔަ މަރުކަޒެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާނު ކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ ފަރުވާގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާ މުހިންމު މަސައްކަތެކެވެ. ވަޒީރު ވިދާޅުވީ ހިންމަފުށީ ސެންޓަރުން މިހާރު އެންމެ އެދެވޭ ގޮތެއްގައި ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށާއި، އައު މަޝްރޫޢުގެ ދަށުން އެތަން ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރެވޭނެ ކަމަށެވެ.


"500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން،" ވަޒީރު ވިދާޅުވިއެވެ.


މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްއަކީ ވެސް މިހާރު އެކަށީގެންވާ ހާލަތެއްގައި ހުރި ތަންތަން ނޫންކަން ފާހަގަކުރައްވައި، އެ ދެ ތަން ވެސް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ ހުރިހާ މަސައްކަތެއް ނިންމައި ޚިދުމަތަށް ނެރުމެވެ.


މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި، އެފަދަ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މިގޮތުން ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ރިކަވަރީ ސަޕޯޓާއި ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ވެސް ސަރުކާރުން އިސްކަންދޭނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement