ފަސްޓް ލޭޑީ ސާޖިދާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

ފަސްޓް ލޭޑީ ސާޖިދާ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

2 hours ago - 18:48
Mar 23, 2026 - 18:53
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމާއެކު، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މިއަދު ފުވައްމުލަކަށް ވަޑައިގަތީ ގދ. ތިނަދޫ ސިޓީގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ. ތިނަދޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލް މެންބަރުކަމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކަމަނާ ވަނީ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގެ ތެރެއިން ތިނަދޫގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ކެމްޕެއިންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.


ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުންދާ ޒިޔާރަތުގައި، އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށާއި ކައުންސިލްގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ މެޑަމް ސާޖިދާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Advertisement


މީގެ އިތުރުން، ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެން، ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ގާތުން މަސައްކަތް ކުރެއްވުމަށްވެސް މި ދަތުރުފުޅުގައި ވަނީ ރޭވިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement