ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފުން 88 މެޑިކަލް އިވެކުއޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ސިއްހީ އަވަސް ފަރުވާ ބޭނުންވި 88 ބަލިމީހަކު އެއްތަނުން އަނެއްތަނަށް އެމްއެންޑީއެފް ކޯސްޓްގާޑުން އުފުލައިދީފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގެ ހަތަރު ސްކޮޑްރަންއަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. މިގޮތުން އެންމެ ގިނަ މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ.
އިވެކުއޭޝަންތަކުގެ ތަފްސީލަށް ބަލާއިރު:
ސީޖީ ފަސްޓް ސްކޮޑްރަން: 54 އިވެކުއޭޝަން
ސީޖީ ސެކަންޑް ސްކޮޑްރަން: 8 އިވެކުއޭޝަން
ސީޖީ ތާރޑް ސްކޮޑްރަން: 14 އިވެކުއޭޝަން
ސީޖީ ފޯތް ސްކޮޑްރަން: 12 އިވެކުއޭޝަން
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެކި ސަރަހައްދުތަކުން އެހީތެރިކަމަށް އެދުނު ޖުމުލަ 88 މެޑިކަލް އިވެކުއޭޝަން ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.
މިއީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފުން މެދުނުކެނޑި ދެމުންގެންދާ އިންސާނީ މުހިންމު ހިދުމަތެކެވެ.
ރިއެކްޝަންސް





