ޝަކުވާއަކާ ގުޅިގެން ދ. މީދޫގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

ޝަކުވާއަކާ ގުޅިގެން ދ. މީދޫގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

8 hours ago - 18:12
Advertisement
Advertisement

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން، އެ ރަށުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އަލުން ގުނުމަށް ނިންމާފައިވަނީ ދ. މީދޫ ދެ ނަންބަރު ވޯޓު ފޮއްޓެވެ. މި ފޮށީގައިވާ ކައުންސިލް ރައީސްގެ ވޯޓުތައް އަލުން ގުނުމަށް ނިންމީ އެ ފޮށީގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ހުށަހެޅި ޝަކުވާއަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.


މި ކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ މިއަދު ހަވީރުގެ ވަގުތެއްގައި ކަނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވޯޓު ގުނުމުގެ މި މަސައްކަތް ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށްވާތީ، މި ހަރަކާތް ކަވަރުކުރުމުގެ ފުރުސަތު މީޑިއާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.


މި އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، ކޮމިޝަނުން ދަނީ ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މީދޫގެ މި ވޯޓު ފޮށި އަލުން ގުނުމަށްފަހު، އެ ދާއިރާގެ ރަސްމީ ނަތީޖާއަށް އަންނަ ބަދަލުތައް ކޮމިޝަނުން ފަހުން ހާމަކުރާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement