އަސާސީ މުދާ މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށައިފި

އަސާސީ މުދާ މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށައިފި

2 hours ago - 21:26
Advertisement
Advertisement

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ދިގު މުއްދަތަކަށް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ފަހިކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.


ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން، ދުނިޔެއަށް ދިމާވާ ކާރިސާތަކުގެ ވަގުތުގައާއި ހަނގުރާމަތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެގޮތުން މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި، އަސާސީ މުދާ އިމްޕޯޓުކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.


ރިޒާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް (diversify)، އެހެނިހެން ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން މުދާ ގެނައުމަށް ހުރަސް އެޅިދާނެތީ، މުދާ އެތެރެކުރާ މާކެޓުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.


"އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެހެން މާކެޓުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މެދުއިރުމައްޗަށް ބަލާއިރު ސައުތު އީސްޓު އޭޝިއާ ނުވަތަ އާސިޔާން ގައުމުތަކަކީ ނެޗުރަލް ޗޮއިސްއަކަށް ވާނެ. އަމާޒަކީ ދިގު މުއްދަތުގައިވެސް މުދާ އިމްޕޯޓުކުރާ މާކެޓުތައް ފުޅާކުރުން،" ރިޒާ ވިދާޅުވިއެވެ.


މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ މުދަލާއި ތެޔޮ ރައްކާކުރެވޭނެ އިތުރު ގޮތްތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރިޒާ ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މަގްސަދަކީ ކާރިސާއެއް ދިމާވާ ހާލަތެއްގައިވެސް، ރައްޔިތުންނަށް ދަތިނުވެ ހައެއްކަ ނުވަތަ އަށެއްކަ މަސް ދުވަހަށް ބޭނުންވާ މުދާ ރާއްޖޭގައި ރައްކާކުރެވިފައި ހުރުމެވެ. މިކަމަށްޓަކައި އެސްޓީއޯއާއެކު ކޮންމެ ދުވަހަކުވެސް މަޝްވަރާތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.


މެދުއިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޒީރުންގެ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ މަސައްކަތަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމުގެ ކަށަވަރުކަން ދިނުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement