ދެ ފަރާތަކުން ފުވައްމުލަކު ޓޫރިޒަމް ޒޯން ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފި
ފުވައްމުލަކު ތޫނޑު: ދޭސީންނާއި ބިދޭސީންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެއް

ދެ ފަރާތަކުން ފުވައްމުލަކު ޓޫރިޒަމް ޒޯން ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފި

3 months ago - 16:34
Jun 23, 2024 - 15:55
Advertisement

ފުވައްމުލަކު އެއަރޕޯޓާ އިންވެގެން އޮތް ބީޗް ސަރަހައްދު ހިމެނޭހެން ފުވައްމުލަކު އެއަރޕޯޓް ސަރަހައްދުގައި ތަރައްގީކުރުމަށް ރީޖަނަލް އެއަރޕޯޓްސް އިން މަސައްކަތްކުރަމުން އަންނަ، ޓޫރިޒަމް ޒޯން ތަރައްގީކޮށް ދިނުމުގެ ޝައުގުވެރިކަން ދެ ފަރާތަކުން ފާޅުކޮށްފައިވާ ކަމުގައި ރީޖާނަލް އެއަރޕޯޓްސް ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ހަތަރުސަތޭކަ ކޮޓަރިއާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭނެ ރެކްރިއޭޝަނަލް އެކިއެކި ޚިދުމަތްދޭނެ ފެސިލިޓީތަކާއެކު ތަރައްގީ ކުރާ، ފުވައްމުލަކުގެ މި ޓޫރިޒަމް ޒޯނު ތަރައްގީކުރުމަށް ދެފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއިރު، މުބީން ވިދާޅުވީ، އެކުންފުނިން މިހާރު ކުރަމުން އަންނަނީ އެޒޯން ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމާއި މަސައްކަތްފަށައިގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ.

ގުދުރަތިގޮތުން ރާއްޖޭގެ އެހެން ރަށްތަކާ ވަރަށް ތަފާތު "ޔުނީކް" ތިމާވެއްޓެއް ލިބިފައިވާ ފުވައްމުލަކަކީ މިހާރު ވެސް ދުނިޔޭގެ ނަންމަޝްހޫރު ޓޫރިސްޓް މަކެޓްތަކުގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އޮފުއަރާ ދޮންވެލި ތުނޑިއެއް އޮންނަ،ފެހިކުލަ ގަދަ ފުވައްމުލަކުގެ 'ޓައިގަރ ޝާކު ޕޮއިންޓް" އަކީ މުޅިދުނިޔެއަށް ވެސް މަޝްހޫރު ޕޮއިންޓެކެވެ. އެހެންކަމުން އެތަނުގެ ތަޖުރިބާކޮށްލަން ދުނިޔޭގެ އެކި ބައްރުތަކުން ފުވައްމުލަކަށް ޒިޔަރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އަހަރަކަށްވުރެ އަހަރެއް އަންނަނީ އިތުރު ވަމުންނެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ވެސް އުންމީދު ކުރަނީ ފުވައްމުލަކުގެ މި ޓޫރިޒަމް ޒޯން ތަރައްގީވެ، ޚިދުމަތްދޭން ފެށުމުން އެކުންފުނީގެ މާލީތަނަވަސްކަން ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement