
އިނގިރޭސި ވިލާތުގެ ތިރިގޭގެ ސްޕީކަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސް (ތިރިގެ) ގެ ސްޕީކަރ, ރިޓަޔާޑް އޮނަރަބަލް ސަރ ލިނޑްސޭ ހޮއޭލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްަމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތް އޮތީ މިއަދު އިނގިރޭސިވިލާތުގެ ލަންޑަންގައި ސްޕީކަރުގެ ރަސްމީ ގެކޮޅު ވެސްޓްމިންސްޓަރ ގައެވެ.
މިއީ ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުމުގެ ތެރެއިން މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ދެމެހެއްޓެނެވި ފަތުރުވެރިކަމާއި, ތިމާވެށިގެ މައްސަލަތަކުގެ އިތުރުން މަސްވެރިކަމާއި, ދިމިގްރާތީ އުސޫލުން ވެރިކަން ހިންގުމާ ގުޅޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ބައްދަލުވުމަށްފަހު ރައީސް މުއިއްޒު ވަނީ މެހެމާނުން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ސޮއިކުރައްވާފައެވެ. އޭގެ ފަހުން ގަަނޑުވަރުގެ ޓުއާއެއްވެސް ވަނީ ރައީސަށް ދެއްވާފައެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައެވެ. އަދި މުހިއްމު ކަންކަމުގައި ބައިވެރިވުން އިތުރުވެގެންދާނެކަމުގައެވެ.
ރިއެކްޝަންސް






