މަޖީދީމަގު އަތަމާ ޕެލެސްގައި ބަހައްޓާފައި ހުރި ބިއްލޫރި ޝޯކޭސްއަކަށް ގެއްލުންދީފި
ޝޯކޭސްއަށް ލިބިފައިވާ ގެއްލުން / ފޮޓޯ: ސޯސަލް މީޑިއާ

މަޖީދީމަގު އަތަމާ ޕެލެސްގައި ބަހައްޓާފައި ހުރި ބިއްލޫރި ޝޯކޭސްއަކަށް ގެއްލުންދީފި

9 months ago - 22:25
Jul 16, 2025 - 22:26
Advertisement
Advertisement

މަޖީދީމަގު އަތަމާ ޕެލެސްގައި ބަހައްޓާފައި ހުރި ބިއްލޫރި ޝޯކޭސްއަކަށް ގެއްލުންދީ އޭގައި ޖަހާފައިވާ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިރޭ 18:34 ހާއިރު މާލޭ މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސްގައި ބަހައްޓާފައި ހުންނަ ބުއްލޫރި ޝޯކޭސް ތަޅާލާފައިވާ ކަމުގެ މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި ރިޕޯޓް ހުށަހެޅުމާއި އެކު އެ އިދާރާގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

މި ހާދިސާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ފޮޓޯތަކުން އެ ޝޯކޭސްއަށް ލިބިފައިވާ ގެއްލުންތައް ވަރަށް ސާފުކޮށް ފެނެ އެވެ. އެގޮތުން ޝޯކޭސް ތަޅާލުމުގެ ސަބަބުން އޭގައި ބަހައްޓާފައިހުރި ބައެއް ކާތަކެތި ބިންމައްޗަށް ވިއްސައިގެން ގޮސްފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން މިފަދަ ހާދިސާތައް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement