ލަންޑަންގެ އޯލް ޕާޓީ ޕާލިއަމެންޓަރީ ގްރޫޕް އޮން ދި މޯލްޑިވްސްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
އޭޕީޕީޖީ މޯލްޑިވްސްގެ ބައްދަލުވުމުގެ ބައިވެރިންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: ރައީސް އޮފީސް

ލަންޑަންގެ އޯލް ޕާޓީ ޕާލިއަމެންޓަރީ ގްރޫޕް އޮން ދި މޯލްޑިވްސްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

6 hours ago - 22:42
Jul 16, 2025 - 22:46
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު ލަންޑަންގެ އޯލް-ޕާޓީ ޕާލިއަމެންޓްރީ ގްރޫޕް (އޭޕީޕީޖީ) އޮން މޯލްޑިވްސްއާއެކު މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިބައްދަލުވުން ބާއްވާފައިވަނީ ހައުސް އޮފް ލޯޑްސްގައެވެ.

މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޤާއިމްވެފައިވާ ދިގުލީ 60 އަހަރުވީ ދިގު ގުޅުމާ ބޭހޭގޮތުން ދެފަރާތުން ވާހަކަދައްކާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން  ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ބައްދަލުވުމުގެ ފެށުމުގެ ގޮތުން އޭޕީޕީޖީ މޯލްޑިވްސްގެ ޗެއަރ, މެމްބަރު އޮފް ޕާލިމެންޓް, ޔާސްމީން ގުރޭޝީ ވަނީ ކުދި ޖަޒީރާ ޤައުމުގެތަކުގެ ތަރައްޤީގައި ބައިނަލްއަޤުވާމީ މުޖުތަމައުގެ ހިއްސާވެވޭ ޛިންމާއާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މާލީ އެހީތެރިކަމާއި, ޓެކްނިކަލް ތަޖުރިބާކާރުން އެހީތެރިކަން  ދިނުމާއި ދެމެހެއްޓެނިވި ގޮތުގައި އެކަންކަމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމާގުޅޭ ގޮތުން ގުރޭޝީގެ ވާހަކައިގައި ވަނީ އަލިއަޅުވާލާފައެވެ.

ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބުކުރައްވާ ރައީސް ވަނީ ރާއްޖެއާ ޔޫކޭއާ އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ހަރަދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެއީ ދެފަރާތުގެ ވެލިއުތަކާއި, އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމްގެ އިތުރުން ދޭދޭ މީހުންގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުންތަކުގެ މައްޗަށް އުފެދިފައިވާ ގުޅުމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

Advertisement
Advertisement

ރައީސްގެ ވާހަކަފުޅުގައި އިތުރަށްވަނީ ރާއްޖެއިން އެހީތެރިކަަން ބޭނުންވާ މުހިއްމު ބައެއްދާއިިރާތައް ކަމަށްވާ ޖުޑީޝަލް ރިފޯމް, މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން އަދި އަސްކަރީ ޤާބިލްކަން އިތުރުކުރުމާ ގުޅޭކަންކަމުގައި ޔޫކޭއިން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް  ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ތައުލީމީ އަދި ސަގާފީ ބަދަލުކުރުންތަކަކީ ޔޫކޭ-މޯލްޑިވްސްގެ ގުޅުމުގެ އެންމެފާހަގަކުރެވޭ ކަންކަން ކަމަށާއި, ދޭގައުމުގެ ގުޅުުން ހަރުދަނާކުރުމަށް އޭޕީޕީޖީ މޯލްޑިވްސް އަދާކުރައްވާ ދައުރުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement