ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ހައިކޯޓް

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

1 year ago - 17:51
Mar 20, 2025 - 17:52
Advertisement
Advertisement

ދިވެހިރާއްޖެގެ ހައިކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އެފުރުޞަތު ހުޅުވާލެއްވީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. ހައިކޯޓްގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމެވެ. މީގެއިތުރުން ފަނޑިޔާރުކަމުގެ ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

ހައިކޯޓްގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކި 45,700 ރުފިޔާ އެވެ. މީގެއިތުރުން ލިވިންގ އެލަވަންސްއަށް 18,000 ރުފިޔާ އަދި ރިސްކް އެލަވަންސް އަށް 3,300 ރުފިޔާ ލިބެއެވެ. މީގެއިތުރުން މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ލިބެއެވެ.

ހައިކޯޓްގެ ފަނޑިޔާރެއްގެ މަގާމް ހުސްވީ އެކޯޓްގެ އިސް ފަނޑިޔާރުގެ މަގާމްގައި ހުންނެވި ޙުސައިން ޝަހީދު ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން މިއަދު ވަނީ ސްޕްރީމް ކޯޓްގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތުވެސް ހުޅުވާލައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement