އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެވެސް 90 އަށްވުރެގިނަ މަރު, ގިނަ އަދަދެއްގެ ތުއްތު ކުދިން ހިމެނޭ
ފަލަޞްޠީނުގެ ބައްޕައަކު ޝަހީދުވެފައިވާ އެނާގެ އާއިލާގެ ހަށިތަކާއެކު. ފޮޓޯ: އައި އޮން ފަލަޞްޠީން

އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެވެސް 90 އަށްވުރެގިނަ މަރު, ގިނަ އަދަދެއްގެ ތުއްތު ކުދިން ހިމެނޭ

2 days ago - 17:27
Mar 20, 2025 - 17:30

ޣައްޒާގެ އުތުރުން ދެކުނަށް އިޒްރާއިލްއިން ދެމުންގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 90 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.

މެދުކެނޑުމަކަށްފަހު އަލުން ހަމަލާތައް ފަށާއިފައިވާތާ މިއަދަށް މިއީ ހަތަރުވަނަ ދުވެހެވެ. އިއްޔެގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ތުއްތު ކުދިންނާއި އަންހެނުންވެސް ހިމެނޭ ކަމަށް ޣައްޒާގެ ހެލްތު މިނސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ބުރާސްފަތިދުވަހު ރެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި އެތައްބަޔަކު ޒަހަމްވެ ޣައްޒާގެ ހޮސްޕިޓަލްތައްވެސް ވަނީ ތޮތްޖެހިފައެވެ.

ފަލަޞްޠީނުގެ ގުދުސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ޙާން ޔޫނުސްއިން 20 މީހަކު ޝަހީދުކޮށްލާފައިވާއިރު އެސަރަޙައްދުގެ އާންމުން ދިރިއުޅޭ އެތައް ގެއަކަށް އިޒްރާއިލްއިން ވަނީ ވައިގެ ހަމަލާތައް ދީފައެވެ.

Advertisement
Advertisement

އުތުރު ޣައްޒާގެ ސުލްޠާން ނެއިބަރހޫޑްގެއި ހުރި ފެމިލީ ހޯމް އަކަށް ދިންހަމަލާގައި ތުއްތުކުދިން ހިމެނޭހެން މުޅި އާއިލާ އެއްކޮށް ވަނީ ނެތިކޮށްލާފައެވެ. ބެއިތް ލަހިޔާގެ އިރުމަތީ ސަރަޙައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން ހަތް މީހަކު ޝަހީދުކޮށްލާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެދުތެރޭ ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރާ ހަވާލާދީ އެނޫހުގައި ވާގޮތުން އިޒްރާއިލްއިން ދެމުންގެންދާ ހަމަލާތައް ބާރުގަދައެވެ. އާންމުކޮށް އިޒްރާއިލްގެ ހަމަލާތައް އަމާޒުކުރަނީ ފަތިސް ގަޑީގައި ކަމުގައި ވެސް ތާރެގް އަބޫ އަޒުމް އާ ހަވާލާދީ އެނޫހުގައި ވެއެވެ. މެދުތެރޭ ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކަށް ދިން ހަމަލާތަކުގައި އެސަރަޙައްދު ބިމާ ހަމަވެފައިވާކަމަށްވެސް ރިޕޯޓްކޮފައިވެއެވެ.

އިޒްރާއިލްއިން ހަމަލާތައް ދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ނުދޭ ކަމަށާއި އަދި އާންމުންނަށް ގެތައް ދޫކޮށް "ރައްކާތެރި" ހިސާބުތަކަށް ދާންވެސް އެއްވެސް ފުރުޞަތެއް ދީފައއި ނުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow