
ސަޙްޔޫނީން 'މުޅި ޣައްޒާ ހިފުމަށް' ތައްޔާރުވެއްޖެ
އިޒްރާއިލްގެ އަސްކަރީ އަދި ސިޔާސީ ލީޑަރުން މުޅި ޣައްޒާއަށް އޮޕަރޭޝަންތައް ފުޅާކޮށް 'ޣައްޒާ ހިފުމުގެ' ޕްލޭނެއް ފާސްކޮށްފިއެވެ. މި ޕްލޭންގައިވާގޮތުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމުގެ ކަންތައްވެސް ދެން ހިނގަމުން ދާނީ ޕްލޭންގައިވާ ގޮތުގެމަތިންނެވެ.
ހައިހޫނުކަމުގައި، އިންސާނީއެހީގެ އެއްވެސް މިންވަރެއް ނުވަދެ ޣައްޒާގެ ރައްޔިތުން މިހާރު ގުނަމުން އެދަނީ 9 ވަނަ ހަފުތާއެވެ. މި ބްލޮކޭޑާއެކު ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން ތިބީ ހާލުގައި ޖެހިފައެވެ.
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ ކެބިނެޓްގެ އިއްތިފާގުން ފާސްކުރި މި ޕްލޭންގައި އޮޕަރޭޝަންތައް ފެށުމަށް ޔަހޫދީ ސިފައިންގެ ރިޒާވްފޯސްއަށް ވަނީ ލަޝްކަރާ ގުޅުމަށް އަންގާފައެވެ.
އިޒްރާއިލްގެ އޮފިޝަލަކާ ހަވާލާދީ ނިއުސްވަޔަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފްލޭންގެ މައިގަނޑު އަމާޒަކީ 'މުޅި ޣައްޒާ ހިފުމެވެ'. އަދި އިޒްރާއިލްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ގެނައުމެވެ. ޣައްޒާއަކީ އިޒްރާއިލްގެ ކޮންޓްރޯލްނެތް ހަމައެކަނި ފަލަޞްޠީންގެ ބިމެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ މަގުސަދު އެއްކޮށް ހާސިލްވެ އިޒްރާއިލްގެ އަޅުވެރިކަމަށް ޣައްޒާ ގެނެވެންދެން މި އޮޕަރޭޝަން ކުރިއަށް ދާނެއެވެ.
"މި ޕްލޭންގައި މައިގަނޑު ގޮތެއްގައި އޮތީ ޣައްޒާ ފަތަހަކުރުން. އެތަނުގައިވާ ހުރިހާ ބިމެއް ހިމެނޭހެން. މިއާއެކު ޣައްޒާގެ ރައްޔިތުންގެ 'ރައްކާތެރިކަމަށް' އެމީހުން ޣައްޒާގެ ދެކުނަށް ޖެއްސޭނެ" މަސްދަރުތަކާ ހަވާލާދީ އޭޕީއެފްގައި ރިޕޯޓްކޮށްފައި ވެއެވެ.
ބައެއް މަސްދަރުތައެ ބުނާގޮތުން ނަތަންޔާހޫ ޕްރޮމޯޓްކޮށް ކުރިއަށް މިގެންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލާފައިވާ ޣައްޒާގެ ރައްޔިތުން އަމިއްލައަށް އެބިންދޫކޮށްދާނެކަމަސް އިއުލާންކޮށްފައިވާ ޕްލޭންއެވެ.
ރިއެކްޝަންސް






