
ބާރަށުން ސިހުރު ހަދާކަމަށް ތުހުމަތު ކުރެވުނު 8 މީހުން ދޫކޮށްލައިފި
ސިހުރު ހަދާ ކަމުގެ ތުހުމަށް ހދ.ބާރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 8 މީހަކު ސުވާލުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 07:00 ން ފެށިގެން އެރަށުގައި ހިންގޮ އޮޕަރޭޝަންގައި 8 ތަނެއް ބަލާފާސްކުރި ކަމަށެވެ. އަދި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މީޑިޔާއާ ފުލުހުން ހިއްސާކުރެއްވި މެސެޖްގައި ވެއެވެ. އެކަމަކު އެ އަށް މީހުންވެސް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






