ތެލަސީމިއާ ޕޭޝަންޓުންގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ތެލަސީމިއާ ކޮމިއުނިޓީއާއި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ޕޭޝަންޓުންގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

2 months ago - 16:09
May 5, 2025 - 16:13
Advertisement
Advertisement

ރާއްޖޭގެ ތެލަސީމިއާ ޕޭޝަންޓުންގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީން، އެ ކޮމިއުނިޓީގެ ކަންބޮޑުވުންތަކާއި ބޭނުންތައް ރައީސާ ހިއްސާކުރައްވާފައިކަމަށެވެ. އޭގެ ތެރޭގައި ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަމުގައި އެ ކޮމިއުނިޓީގެ ބައިވެރިވުން ހޯދުމާއި، މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ތެލަސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވާނެކަމަށާއި، އެ ކޮމިއުނިޓީގެ ބައިވެރިވުމާއެކު ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަކުރެވޭނެކަމަށް މިބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ތެލަސީމިއާ ޕޭޝަންޓުންނަށް ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މުއިއްޒު ތެލަސީމިއާ ކޮމިއުނިޓީއާއި ބައްދަލުކުރައްވާފައިވާ އިރު ދާދިފަހުން އެމަނިކުފާނު ވަނީ ތެލިސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާ ލައްވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު ތެލިސީމިއާ ކޮމިޔުނިޓީއާށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement