މިހާތަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
ޑޮލަރުގެ ކަޅުބާޒާރު ކުޑަވާނެކަމަސް ރައީސް ވިދާޅުވި / ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

1 year ago - 14:39
Mar 27, 2025 - 15:18
Advertisement
Advertisement

ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، މިދިޔަ ޖެނުއަރީން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ކުރިން ބޭންކުތަކަށް މާރުކުރާ ޑޮލަރާ އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް 95 އިންސައްތަ ފަރާތްތަކުން ޢަމަލުކުރަމުންދާ ކަމަށާއި، ބާކީ 5 އިންސައްތަ ފަރާތްތައް ވެސް ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން، ބޭރަށް ފުރާ ދިވެހިންނަށް އެއަރޕޯޓުން ވިއްކާ ޑޮލަރުގެ އަދަދު 500 އިން 1,000 އަށް އިތުރުކުރެވޭނެ ކަމަށާއި، ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ފުރުޞަތުތައް ވެސް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement