ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ކަނޑާލައިގެން ގޮނޑި ގެއްލޭ ބިލް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި
ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ކަނޑާލައިގެން ގޮނޑި ގެއްލޭ ބިލް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މިއަދުގެ ޖަލްސާއަށް ވަނި އެޖެންޑާ ކޮށްފައެވެ. އެބިލަކީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވުމަށްފަހު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެޕާޓީއަކުން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ހިމަނާފައިވާ ބިލެކެވެ. އަދި އަމިއްލަ ގޮތުން އިންތިޚާބުވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަވެސް އިސްލާހުގައިވާ ގޮތުން ގޮނޑި ގެއްލޭނެއެވެ.
ޤާނޫނު އަސާސީއަށް މިއިސްލާހު ހުށަހަޅާފައިވާއިރު, އެންޓިޑިފެކްޝަން ޤާނޫނުގައި ވެސް ވަނީ މި ހާލަތްތަކުން ގޮނޑި ގެއްލޭނެ ކަމަށެވެ. ޤާނޫނު އަސާސީއަށް އެއިސްލާހުތައް ގެންނަން ހުށަހަޅާފައި މިވަނީ އެންޓިޑިފެކްޝަން ޤާނޫނުގެ އެމާއްދާތައް ބާތިލް ކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާފައިވަނިކޮށެވެ. އަދި ޑޮލަރު މާރުކުރުމުގެ މައްސަލައިގައި ވަރަށްބޮޑު ހިޔާލުތަފާތުވުމެއް އުފެދި, ވިޔަފާރިވެރިންގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިހުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އެވެ.
ރިއެކްޝަންސް