ސީޕްލޭންގެ ވިޔަފާރި ފުޅާކޮށް, ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ނިންމައިފި
ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަނީ ޚިދުމަތް ފުޅާކުރަން

ސީޕްލޭންގެ ވިޔަފާރި ފުޅާކޮށް, ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ނިންމައިފި

16 days ago - 14:13
Advertisement

 

ސީޕްލޭންގެ ވިޔަފާރި ފުޅާކޮށް, ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލިހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވީ އެޚިދުމަތް އިތުރަށް ފުޅާކޮށް ޒަމާނީ ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ އައިލެންޑް އޭވިއޭޝަން ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމަށެވެ.

މިނިންމެވުން ތަންފީޒުވާން ފެށުމުން ސީ ޕްލޭންގެ ޚިދުމަތް ދޭނީ ދެ ކުންފުނި ހިމެނޭ ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް, އެ ޕާޓްނަރޝިޕްގެ ދަށުންނެވެ. މިބަދަލު ގެނެސް އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2އަންނަ އަހަރުގެ އެޕްރީލް 30 އަށް ނިންމެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށްވެސް ނިންމެވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement