
ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް!
ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް އެއިދާރާއަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އެހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށެވެ. 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރިމަކަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައިވާކަމަށް ބުނުން ފިޔަވާ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަ ތަކުގައި ކުއްޖާގެ ވަނަވަރު ހާމަވެދާނެ ފަދަ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރިއެކްޝަންސް






