މާލެ ސިޓީ ގެ އާ ޑެޕިއުޓީ މޭޔަރަކަށް އަރީޝް
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަރީޝް: ފޮޓޯ-ސިޓީ ކައުންސިލް

މާލެ ސިޓީ ގެ އާ ޑެޕިއުޓީ މޭޔަރަކަށް އަރީޝް

1 year ago - 11:41
Mar 16, 2025 - 11:44
Advertisement
Advertisement

މާލެ ސިޓީގެ އާ ޑެޕިއުޓީ މޭޔަރަކަށް އަރީޝް އިންތިޚާބުކޮށްފިއެވެ. މުޙައްމަދު އަރީޝް ޑެޕިއުޓީ މޭޔަރަކަށް އިންތިޚާބުކުރީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި މެމްބަރުންގެ ވޯޓުންނެވެ.

އަރީޝް ޑެޕިއުޓީ މޭޔަރަކަށް އިންތިޚާބުކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 16 މެމްބަރުންގެ އިއްތިފާޤުންނެވެ. ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީވެސް އަރީޝް އެކަނި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އަރީޝްއަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ. އޭނާ އަކީ ޕީއެންސީގެ މެމްބަރެކެވެ.

ޑެޕިއުޓީ މޭޔަރުގެ މަޤާމް ހުސްވީ ކުރިން އެމަޤާމްގައި ހުންނެވި އަހުމަދު ނަރީޝް ކައުންސިލަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ނަރީޝް ތަމްސީލްކުރައްވަމުން ގެންދެވީ މައްޗަންގޮޅި މެދު ދާއިރާއެވެ. ނަރީޝް މަގާމުން އިސްތިއުފާދެއްވީ އެހެން ދާއިރާއަކުން ރައްޔިތުންނަށް ޚިދުމަތްކުރުމަށް ލިބުނު ފުރުޞަތެއްގެ ބޭނުން ހިފުމަކަށް ވިދާޅުވިއެވެ. އޭނާ މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވި ނަމަވެސް މިއަދާ ހަމައަށްވެސް ކައުންސިލް ވެބްސައިޓުން އޭނާގެ ނަން ކައުންސިލަރެއްގެ ގޮތުގައި ފެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement