ގެމަނަފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ގެމަނަފުށްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި: ފޮޓޯ-ފުލުހުން

ގެމަނަފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

11 months ago - 11:24
May 15, 2025 - 11:24
Advertisement
Advertisement

ގއ.ގެމަނަފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މައްސަލައިގައި ހައްޔަރުކުރީ އެރަށު ބަނަފުސާގެ، ޙަސަން ޝުޖާއު (45އ) އެވެ.

ޙަސަން ސުޖާއު ހައްޔަރުކުރީ ގެމަނަފުށްޓަށް ލޯންޗެއްގައި މަސްތުވާތަކެތި އެތެރެކުރުމަށް, ލޯންޗް ގެމަނަފުށި ބަނދަރާ ކައިރިކުރި ވަގުތު ކަމަށް ފުލުހުން ވިދާޅުވިއެވެ. މަސްތުވާތަކެތި ފެނުނީ ލޯންޗްގައި ހުރި ފޮށިގަނޑެއްގެ ތެރެއިންނެވެ. ފޮށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަކެތީގެ ބަރުދަނަކީ 28 ގްރާމެވެ.

މައްސަލައިގައި ހައްޔަރުކުރީ އެލޯންޗް ދުއްވި މީހާއެވެ. މިއީ ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މިއޮޕަރޭޝަން ހިންގީ އިއްޔެއެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement