ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް އެންމެ ބޮޑު އިސްކަމެއްދެނީ އިސްލާމްދީން: ރައީސް މުއިއްޒު
މިއަދަކީ ދުނިޔާގައި ފާހަގަކުރާ އާއިލާތަކުގެ ދުވަސް / ފޮޓޯ: ރައީސް އޮފީސް

ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް އެންމެ ބޮޑު އިސްކަމެއްދެނީ އިސްލާމްދީން: ރައީސް މުއިއްޒު

11 months ago - 09:33
May 15, 2025 - 09:35
Advertisement
Advertisement

ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް އެންމެ ބޮޑު އިސްކަމެއްދެނީ އިސްލާމްދީންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުން ގެންދާ ބައިނަލް އަޤުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކަމަށާއި، އަދި ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ ކަމަށެވެ.

"ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް." ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 15 ދުވަސް ފާހަގަކުރަނީ ބައިނަލް އަޤުވާމީ އާއިލާތަކުގެ ދުވަހުގެގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޢާއިލާތަކުގެ ގުޅުން ބަދަހިކޮށް، ހަރުދަނާކުރުމެވެ. އަދި އާއިލާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement