ބަންކަރިންގެ ޚިދުމަތުން ލިބުނު ފައިސާ 7 މިލިއަން ޑޮލަރަށްވުރެ މައްޗަށް!
ޕީއެންސީ ހަރުގެ ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ: ފޮޓޯ-ޕީއެންސީ

ބަންކަރިންގެ ޚިދުމަތުން ލިބުނު ފައިސާ 7 މިލިއަން ޑޮލަރަށްވުރެ މައްޗަށް!

9 hours ago - 08:00
May 15, 2025 - 08:01
Advertisement
Advertisement

މިސަރުކާރުން މިދިޔަ އަހަރު ފެށި ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީ 7 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން 7.4 މިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވާ ކަމަށެވެ.

7.4 މިލިއަން ޑޮލަރު ލިބިފައިވާކަން ފުރަތަމަ އިއުލާނުކުރެއްވީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ރައީސް ދެއްވި ޖަވާބަށް އިޝާރާތް ކުރައްވާ މިނިސްޓަރ ސައީދު ވިދާޅުވީ ފަސް މަހާ ދުވަސްކޮޅެއްގެ ތެރޭގައި 7.4 މިލިއަން ޑޮލަރު މަދު ނޫން ކަމަށެވެ.

މިސަރުކާރަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔާ އެއްކަމަކީ ބަންކަރިންގެ ޚިދުމަތެވެ. އެކަމުން ވީ ފައިދާއާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަމާޒު ކުރެއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ބަންކަރިންގެ ވާހަކަ ގިނައިން ދައްކާތީ އުފާކުރައްވާ ކަމަށާއި, އެއީ އެކަމަށް އޮންނަ ޝައުގުވެރިކަން ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ބަންކަރިންގ އިން ލިބުނީ ކިހާވަރެއްތޯ ބައްލަވާ ކަމަށާއި, ރައީސް ވިދާޅުވި ގޮތަށް 7.4 މިލިއަން ޑޮލަރު މިހާހިސާބަށް ލިބިއްޖެކަން ފާހަގަކުރެއްވިއެވެ. ބަންކަރިންގެ ޚިދުމަތް ފެށީ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ.

Advertisement
Advertisement

" ކުޑައެއް ނޫނެއް ނޫންތޯ. ކުޑައެއް ނޫނޭ މިދެންނެވީ, 7.4 ގެ ތެރެއިން %95 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނައި ވީއެލްއެސްއެފްއޯ ބަންކަރިންގ ކޮށްގެން ހޯދި ފައިސާ." މިނިސްޓަރ ވިދާޅުވިއެވެ

 ވީއެލްއެސްއެފްއޯ އަކީ ރާއްޖެއަށް މުޅިން އަލަށް ގެނައި ޕްރޮޑަކްޓެކެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދައުލަތުގެ ތެރޭގައި އިންތިޒާމްތައް ވަރުގަދަކޮށްގެން ރާއްޖޭގައި ބަންކަރިންގ އިތުރަށް ފުޅާކުރުން ކަމަށެވެ. ބަންކަރިންގެ ޚިދުމަތް ދެމުން ދަނީ އިހަވަންދިއްޕޮޅުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement