އީރާންގެ ރައީސް ޓްރަމްޕް އަށް "އަހަރެމެން އެއްވެސް ބުލީއަކަށް ބޯ ތިރިނުކުރާނަން"
އީރާންގެ ރައީސް މަސޫދް އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އީރާންގެ ރައީސް ޓްރަމްޕް އަށް "އަހަރެމެން އެއްވެސް ބުލީއަކަށް ބޯ ތިރިނުކުރާނަން"

8 hours ago - 07:18
May 15, 2025 - 08:02

"އީރާނުން އެއްވެސް 'ބުލީ' އަކަށް ބޯ ތިރިނުކުރާނެ" ކަމަށް އެގައުމުގެ ރައީސް މަސޫދް ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. މަސޫދް މިހެން ވިދާޅުވީ އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އީރާނަށް ނިސްބަތްކޮށް ވިދާޅުވި ބަސްތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

"އޭނާ (ޓްރަމްޕް) އަށް  ހީވަނީ  މިތަނަށް އައިސް މޮޅެތި ވާހަކަ ދައްކާ އަހަރެމެންނަށް ބިރުދެއްކިދާނެކަމަށް! އަހަރެމެންނަށް ޝަހީދުވުމަކީ އެނދެއްގަ އޮވެގެން މަރުވުމަށްވުރެ މާ ބޮޑު ފޮނިމީރުކަމެއް. އަހަރެމެން އެއްވެސް ބުލީއަކަށް ބޯ ތިރިނުކުރާނަން" އިރާނުގެ ދައުލަތުގެ ޓީވީން ވަގުތުން ގެނެސްދިން ކޮމެންޓްސްގައި ބުދަ ދުވަހު ރައީސް މަސޫދް ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހެނދުނު ސައުދި އެރޭބިއާގެ ވެރިރަށް ރިޔާޒްގައި އޮތް ޖީސީސީ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕްވަނީ އީރާން އާއެކުވެސް މަސައްކަތް ކުރަން ބޭނުންކަމަށް ބުނެފައެވެެ. ނަމަވެސް އެއީ އީރާނުން ޓެރަރިސްޓުންނަށް ވާގިވެރިވެ, މެދުއިރުމަތީގެ ޕްރޮކްސީ ހަނގުރާމަ ތަކުގައި ލޭއޮހޮރުވުން ހުއްޓާ, އެގައުމުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލާކަމުގައި ވާނަމަ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. 

އިރާންގެ ނިއުކްލިއަރ ޕްރޮގްރާމް އާ ގުޅޭގޮތުން އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އީރާނާއެކު އެމެރިކާއިންވަނީ ޓްރަމްޕްގެ ދަތުރުފުޅުގެ ކުރިން ތިން ބައްދަލުވުމެއްް ބާއްވާފައެވެ.

Advertisement
Advertisement

ބުދަ ދުވަހުގެ ރޭ ޤަތަރުގެ ވެރިރަށް ދޯހާގައި އޮތް ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވުމުންވެސް ޓްރަމްްޕް ވަނީ އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެެ. އަދި މިހާރު ބޯޅަ އޮތީ އީރާންގެ ކޯޓުގައި ކަމުގައިވެސް ޓްރަމްޕް ވަނީ ވިދާޅުވެފައވެެ.

"ބަލާ! އަހަރެެން ބޭނުން މިކަމުގައި އީރާއެކު އެއްބަސްވުމަކަށް އަންނަށް. އަަހަރެމެން މިއުޅެނީ އެތައް ބިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރެވޭތޯ. އިރާނުން މި ޒައިތޫނި ފަތްކޯޅި ގަބޫލު ނުކުރާނަމަ އަހަރެމެންނަކަށް ނޯންނާނެ އިރާނަށް އެންމެ މަތީ ދަރަޖައަށް ފިއްތުންތައް ކުރިމަތިކުރުން ނޫން ޗޮއިސްއެއް" އީރާން ނިއުކްލިއަރ ބާރަކަށް ވިޔަނުދޭނެކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow